ނިޔާމަ ބޯޓުން ކޮވިޑް ފެނިއްޖެ!

DSCN2021.jpg

ނިޔާމަ ބޯޓު

އޭދަފުށީގެ އިތުރުން ބ.އަތޮޅު ބައެއް ރަށްރަށަށް މާލެއިން މުދާ އުފުލާ ”ނިޔާމަ” ބޯޓުންވެސް ކޮވިޑް ފެނިއްޖެއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާމާ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނުއިރު އެ ބޯޓް އޮތީ މާލެ ދާ މަގުމަތީގައި ގޮއިދޫ ބަނދަރުގައެވެ.

ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މާލެއިން އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ބޭލުމަށްފަހު ތުޅާދޫއަށް ދިއުމުންނެވެ.

ނިޔާމަ ބޯޓުން ކޮވިޑް ފެނުނު އިރު މާލެއާއި ތުޅާދޫ އާއި ދެމެދު ދަތުރުކުރާ “އަގޯޓާ އެކްސްޕަރެސް” ބޯޓްގެ ދެ ފަޅުވެރިޔަކު ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފޮޒިޓިވްވެފައެވެ. އެހެންވެ އެ ބޯޓް މިހާރު އޮތީ ތުޅާދޫ ބަނދަރުގައި ކަރަންޓީން ކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top