އާސަންދަ އިން ބޭސް ލިބުން ދަތިވެއްޖެ ނަމަ ރިޕޯޓުކުރަން އެދިއްޖެ އެވެ.
އެއްވެސް ބޭހަކަށް އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނަމަ ނުވަތަ ބޭހެއް ނުލިބިއްޖެނަމަ 7951400 ނަންބަރަށް އެ މައުލޫމާތު ވައިބާ ކުރުމަށް އާސަންދަ ކުންފުނިން ބުނެއެވެ.
މައުލޫމާތު ރިޕޯޓު ކުރާއިރު ބޭސް ފިހާރައިގެ ނަން، ބޭސް ސިޓީ އާއި ބޭހުގެ ރަސީދު ފޮނުވުމަށް ވެސް އެދިފައިވެ އެވެ.
އާސަންދަ އިން ބޭސް ލިބޭ އުސޫލަށް ސަރުކާރުން ބަދަލު ގެނައުމާ އެކު ބައެއް ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. ނަމަވެސް އެފަދަ ބޭސްތައް ފާމަސީތަކުން ގަންނަން ލިބޭ ކަމަށް ވެއެވެ.