ދައުލަތުގެ ބޭނުމަށް ނަގާ ބިމާއި މުދަލަށް ބަދަލުދޭ އުސޫލެއް އާންމުކޮށްފި

big_aonPrWXUtoKDwp5IPXiAOYqm4-1.jpg

ރަށްރަށުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިމާއި އިމާރާއި މުދާ ސަރުކާރުގެ ބޭނުމަށް ނަގާނަމަ އެތަނަކާއި މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދަށް ބަދަލު ދޭންޖެހޭ އުސޫލެއް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ.

މިހާރު ގެޒެޓް ކޮށްފައިވާ، ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު ގައި ބުނެފައިވާ ގޮތުން މައި ދައުލަތުގެ ބޭނުމަށް ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިމެއް ނޫނީ މުދަލެއް ނަގާ ނަމަ އެ އާ އެކަށީގެންވާ ބަދަލެއް ސަރުކާރުން އެކައުންސިލަކަށް ދޭން ވާނެކަމުގައެވެ.

ކައުންސިލުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހޭނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެގެން ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ. އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާ ކުރާނެ ގޮތުގެ ތަފުސީލުތައްވެސް  އޮންނަންވާނެ ކަމަށް ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވާގޮތުން ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޓިޑަރަކު މުދަލުގެ އަގުމަގު ކުރުމަށް ފަހުގައި ކަމަށާއި އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާނެ ޖެހޭނެއެވެ.

މި ގޮތުން ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތަކީ ބާޒާރުގެ އަގު، ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު ނުވަތަ ނަގާ ތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދެވެ.

ސަރުކާރުގެ އިދާރާއަކާއި ކައުންސިލަކާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ މައްސަލައިގައި މަޝްވަރާ ކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާ އެ މިނިސްޓްރީއާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ރަށު ކައުންސިލުތަކުން މިހާރު ވެސް ދައުލަތުގެ ބޭނުންމަށް ނަގާ ބިންތަކުގައި ހުންނަ މީހުންގެ ރުއްގަހާއި މުދަލަށް ބަދަލު ދެމުން ގެންދެއެވެ.ނަމަވެސް މިފަހަރު އާއްމުކޮށްފައިވާ އުސޫލުގައި މިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top