ކުނި މެނޭޖްކުރުމަށް ޕިކަޕެއް ގަތުމަށް ކެންދޫ ކައުންސިލުން ނިންމައިފި

14322677_1344416892249975_966449601420889806_n.jpg

ބ. ކެންދޫ. އެރަށުގައި އުފެދޭ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ޕިކަޕެއް ގަތުމަށް އެރަށު ކައުންސިލުންވަނީ ނިންމާފައި . / ފައިލް ފޮޓޯ

ބ. ކެންދޫގގައި އުފެދޭ ކުނި ނަގައި މެނޭޖް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެރަށު ކައުންސިލުން ޕިކަޕެއް ގަތުމަށް ނިންމައިފިއެވެ.

ކެންދޫ ކައުންސިލުން ބުނީ ޕިކަޕެއް ގަތުމަށް ނިންމީ އެރަށުގައި އުފެދޭ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، ކައުންސިލް މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ. އެރަށު ކައުންސިލްގެ މެމްބަރ އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކޮންމެހެންވެސް ޕިކަޕެއް ހޯދަންޖެހިފައިވާކަމަށާ، އެކަމާބެހޭ އިދާރީ ކަންކަން މިހާރު ކުރިޔަށް އެބަދާކަމަށެވެ.

“މުޅި ރަށުގައިވެސް ކުނިބުނީގެ މައްސަލަ ވަރަށްބޮޑު. އެމީހަކު އަޅާނެތާކަށް ކުނި އަޅަނީ ރަށުގެ ހުރިހާ ސަރަހައްދަކަަށްވެސް އެބައަޅާ. ކުނިކޮށްޓެއްވެސް އެބަހުރި އެކަމަކު އެތަން މެނޭޖް ނުކުރެވި އޮތީ. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ މިމައްސަލައަށް އަވަސް ހައްލެއް ހޯދުން” ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އެމްޑީޕީ ކައުންސިލަރ އިބްރާހީމް ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ ޕިކަޕެއް ގަތުމަށް ނިންމާފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދައިގެން ކަމަށާ، ރައްޔިތުންގެ މާލިއްޔާއިން ފައިސާ ނެގުމަށް އަދި ނުވިސްނާކަމަށެވެ. އޭނާ ވިދާޅުވީ ކެންދޫގެ ރައްޔިތުންނަށް ދަތިވެފައިވާ ކުނީގެ މި މުސީބާތުން ރައްޔިތުން ސަލާމަތް ކުރުމަށް އާ ކައުންސިލުން ވަރަށް ބޮޑަށް އިސްކަން ދޭނެކަމަށެވެ. އަދި އަހަރެއްހާދުވަހުގެ ތެރޭގައި ކެންދޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

“ހަމަ ހިލޭ އެހީ ހޯދައިގެން ޕިކަޕް ގަންނަން ވިސްނާފައިއޮތީ. އަޅުގަނޑުމެން މިއާކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކުނީގެ މައްސަލަ ހައްލުކޮށްދިނުމަކީ. އިރާދަކުރެއްވިއްޔާ އަހަރެއްހާ ދުވަހުގެ ތެރޭގައި ކެންދޫ ކުނީގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނެވޭނެ.” ކެންދޫގެ ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ އިސްދައުރެއް އަދާކުރާ އެއްޖަމްއިއްޔާ “ސީކް” ގެ އެއް މަސްއޫލުވެރިޔާ ކަމުގައިވާ އިބްރާހީމްގެ އުއްމީދުތައް އީވީއަށް ވިދާޅުވިއެވެ.

ބާރަަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮތް ކެންދޫގެ އާކައުންސިލުން ކުނީގެ މައްސަލަ ހައްލުކުރުމަށް ޕިކަޕް ގަތުމަށް ނިންމިއިރު މިއަހަރު ބ. އޭދަފުށީ ކައުންސިލުންވެސް ވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އާ ޕިކަޕެއް ގަނެފައެވެ. އަދި އެންމެ ފުރަތަމަ ކުނި މެނޭޖްކުރުމުގެ މަސައްކަތް ބ. އަތޮޅުގައި ފެށި މާޅޮހު ކައުންސިލުންވެސް އެމަސައްކަތަަށް ޕިކަޕެއް ވަނީ ހޯދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top