އާދީއްތަ ދުވަސް ބަންދު

big_k2UxQK9Pq8iLeyH.jpg

މިނިވަންދުވަހުގެ ހެވިކަމުގެ ކުޅިވަރު 2016- އަވަސް ފޮޓޯ: އަހުމަދު ޝުރާއު

އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިރޭ ބާއްވާތީއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވެފައި މިރެއަށް ކުޅިވަރުތައް ފަސްކޮށްފައިވާތީ އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ މުވައްޒަފުންނާއި ދަރިވަރުންގެ ލުއި ފަސޭހައަކަށް ކަމަށެވެ.

ކުޅިވަރުތައް ބޭއްވުމަށް ފުރަތަމަ ހަމަޖައްސާފައިވަނީ ހޮނިހިރު ދުވަހުގެ ރެއަށެވެ. ނަމަވެސް ހޯމް މިނިސްޓްރީން ވަނީ ކުޅިވަރުތައް މާދަމާ ރެއަށް ފަސްކުރިކަން އިއުލާންކޮށްފަ އެވެ.

މިގޮތައް ހަމަޖެއްސެވުމާއި ގުޅިގެން ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި 30 ވާ ހޯމަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top