ސުނާމީ ޑްރިލް ، ކާމިޔާބުކަމާއެކު ނިންމާލައިފި

28577095_2269196846440186_6956626820831746839_n.jpg

ސުނާމީ ޑްރިލްގެ ތެރއިން - ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފޭސްބުކް ޕޭޖް

ސުނާމީއަށް ހޭލުންތެރިކުރުވުމާބެހޭ ގޮތުން އިއްޔެ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްްވި ޑްރިލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދަންފަޅި ވަކިން އިއްޔެ ކުރިއަށްގެންދިޔަ މި ޑްރިލްގައި ސުނާމީއެއްގެ އިންޒާރެއް ލިބުމުން ސްކޫލުގައި އުފައްދާފައިވާ ކޮމެޓީ އާއި ޓާސްކްފޯސްއިން ދަރިވަރުންނާއި މުވައްޒަފުންގެ ފުރާނަ ސަލާމަތްކުރުމުގައި ހަރަކާތްތެރި ކުރުވައި، ޕްލޭނާއި އެއްގޮތަށް ދަރިވަރުން އިވޭކުއޭޝަން ސެންޓަރު ތަކަށް ބަދަލު ކޮށް، އެއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ޓާސްކްފޯސްތައް ހަރަކާތްތެރިވާނެ ގޮތް ވަނީ ދަސްކޮށްދީފަ އެވެ.

މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދުނިޔޭގެ 18 ގައުމެއްގެ 90 ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފަސް ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ މި ޕްރޮޖެކްޓް ހިންގި 4 ވަނަ ސްކޫލެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top