ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ހޮސްޕިޓަލަށް އައިސް ދެއްކޭގޮތް ހަދައިފި

hjjhgjg.jpg

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބ.އަތޮޅު ހޮސްޕިޓަލަށް އައިސް ޑޮކްޓަރަށް ދެއްކުން މެދުކަނޑާލާފައި އޮތް އޮތުމަށް ލުޔެއް ދީފި އެވެ.

ބ.އަތޮޅު ހޮސްޕިތތަލުން މިއަދު ނެރެފައިވާ ޚާއްސަ ދެންނެވުމެއްގައި ބުނެފައިވަނި ބ.އަތޮޅު ހޮސްޕިޓަލަށް އައިސް ޑޮކްޓަރަށް ދެއްކުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މާދަމާއިން ފެށިގެން ހަމައެކަނި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ހޮސްޕިޓަލަށް އައިސް ޑޮކްޓަރަށް ދެއްކުމާއި ފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަކު މިގޮތަށް ފަރުވާއަށް އަންނައިރު އެންމެ މީހަކާއެކު އައުމަށާ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް ރިސެޕްޝަނުން އަންގަވާ އެންގެވުންތަކަށް އަމަލު ކުރެއްވުމަށް ހޮސްޕިޓަލުން އިލްތިމާސް ކުރައްވަ އެވެ. ޚާއްސަކޮށް އެޗްޕީއޭގެ އުސޫލުތަކަށް ފުރިހަމައަށް އަމަލު ކުރެއްވުމަށް ހޮސްޕިޓަލުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top