އަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

DSCN1024.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

އަހަރަކު މަދުވެގެން 195 ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭންޖެހޭ ގޮތަށް ހަދަން ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފަށަން ހިމަނައިފައެވެ. އަދި ޖެނުއަރީ މަހު ނުފެށޭ ހާލަތުގައި ފެބްރުއަރީ މަހު ދިރާސީ އާ އަހަރު ފަށަންވާނެ ކަމަށް ބުނެފައިވެއެވެ.

އަަދި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ނުހިމެނޭ ގޮތަށް 195 ދުވަހު ސްކޫލުތަކުގައި ކިޔަވައިދޭން ޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަަށް ޕްރީސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދައުލަތުން ހިލޭ ފޯރުކޮށްދެންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top