ދައުލަތުގެ އޮފީސްތައް ކުލީ ތަންތަނުގައި ހިންގާތީ ކެންދޫ ދާއިރާގެ މެންބަރުގެ ކަންބޮޑުވުން

l_161262987628dDxm.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

ދައުލަތުގެ އޮފީސްތައް ކުލީ އިމާރާތްތަކުގައި ހިންގާތީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަލީވަނީ ދައުލަތް ހިންގަން ބޭނުންވާ އިމާރާތްތައް ހެދިފައި ނެތް ކަމަށް ވިދާޅުވެ، އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ދައުލަތުގެ އޮފީސްތަކާއި އިމާރާތްތައް ހިންގުމަށާއި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އަލީ ވިދާޅުވީ ހަގީގީ މައްސަލައަކީ ދައުލަތެއް، ދައުލަތެއް ގޮތުގައި ހިންގަން ނޭނގުން ކަމަށެވެ. ފާއިތުވި 50 އަހަރަށް ބަލާއިރު ވެސް، އެމީހަކު ކުރާނެ ކަމެއް ކުރުމަށް ދޫކޮށްލެވިފައި އޮތް ހަމައެކަނި ސަރުކާރަކީ މިއީ ކަމަށް އޭނާ ވިދާޅުވިއެވެ.

“ދައުލަތެއްގެ ސިފައިގައި، ދައުލަތުގެ އެންމެ އިސްވެރިޔާގެ ބެލުމުގެ ދަށުން ނެއްޓި ކަންތައްތައް ދިޔަ ތަނެއް [މީގެ ކުރިން] އަޅުގަނޑުމެން ނުދެކެން.” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚާރިޖީ ވަޒީރު އަހަރެއް ވަންދެން ހަމައެކަނި ބޯޓު ދަތުރު ކުރަން ވެސް ފޮނުއްވާލައްވައިފައި ހުންނެވި ކަމަށާއި ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ އިމާރާތްތައް ވެސް އަޅަމުން އަންނަނީ އެއްވެސް ތަރުތީބެއް ނެތި ކަމަށެވެ.

އެންމެ ޒަރޫރީ ބޭނުންތައް ފުއްދަން ވެސް ދައުލަތުން ޖެހެނީ ދޭދޭ ގައުމުތަކުގައި ސަލާން ޖަހަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ 120 ބިލިއަން ރުފިޔާއަށް ދަރަނި އެރީ އިރުގައި ދައުލަތް ހިންގާނެ އޮފީސް އިމާރާތެއް ނޭޅި މި ކުރެވެނީ ކޮން ކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

މީގެ ިއތުރުން އިސްރާފު ކުރުން ވެސް އިންތިހާއަށް އެބައޮތް ކަމަށާއި އެކަމަކު، ފާއިތުވި 15 އަހަރު މާލޭ ސަރަހައްދުގައި ވެސް ކޯޓު އިމާރާތެއް ވެސް އެޅިފައި ނެތް ކަމަށް ވިދާޅުވެ، އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.

އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ދަށުން ތިއްބަވާ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވަނީ ކޮން މަސައްކަތްތަކެއްތޯ ނުބައްލަވާ ކަމަށެވެ. އަދި، އެ ބޭފުޅުންނާއި ރައީސާ ދެމެދު އޮންނަ ގުޅުން ވެސް އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top