ފަހުދިހަޔަކަށް ވައިޓް ބައި 8އެސް ރަހަމީރު ކޮށްލައިފި

DSCN7235.jpg

ރޯދަ ވީއްލަން ހަމައެކަނި މެނޫއަކުން ނުފުދެ އެވެ. މެނޫގެ ބާވަތްތައް މީރުވުމުގެ އިތުރުން، އެތަނެއްވެސް ހިތްގައިމު ވާން ޖެހޭނެއެވެ. ހިތްފަސޭހަ މާހައުލެއްވެސް އޮންނަން ޖެހެއެވެ. އެފަދަ ތަނެއް ހޯދާނަމަ އަހަރެމެންގެ ފުތަރަމަ ޗޮއިސްއަކީ ވައިޓް ބައި 8 އެސް އެވެ.

އަޅެ؛ މިތަނުގައި ނެތީ ކޯޗެއްތޯ އަހާ ބަލާށެވެ! މިހިތްގައިމު މާހައުލާމެދު އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯ ބަލާބަލާށެވެ. އެންމެ ސަޅި ތަންކޮޅަކީ މިތަނުގެ ޝެފުންނަކީ ތަޖްރިބާ ހުރި މީހުންނަށް ވުމެވެ. އެހެންވުމުން މިތަނުން ތައްޔާރުކުރާ ކޮންމެ ކާ އެއްޗެއްގައިވެސް ހުންނާނީ އެއްޗެއްގައި ހުންނަން ޖެހޭ އަސްލު ރަހައެވެ. “މިސާލަކަށް މައްސުންޏާއި ފަތުސަތަނި ފަދަ ތަކެތީގައި ހުންނާނީ އެންމެ މީރު ދިވެހި ރަހަ. އިންޑިއަން ޑިޝް އެއް ނަމަ ހަމަފައްކާ އިންޑިއަން އެންމެ މީރު ރަހަ. އިޓަލިއަން ޕާސްތާ ކަހަލަ އެއްޗެއް ނަމަ އޭގައި ހުންނާނީ މުއްސަނދި އިޓަލިއަން ރަހަ.” ވައިޓްބައި 8 އެސް އިން މައުލޫމާތު ދެމުން މރ ޓޮމް ބުންޏެވެ.

 

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން މިތަނުން ދެ ޕެކޭޖެއް ނެރުނު ނަމަވެސް މިހާރު އަނެއްކާވެސް ވަނީ އެމެނޫތަކަށް ބަދަލު ގެނެސް ރަހަމީރު ކޮށްލާފައެވެ.

ޓޮމް ބުނީ ފަހު ދިޔަހަކަށް ހާއްސަކޮށް އަތްފޯރާ ފަށުން ބޭނުން އެއްޗަކުން ރޯދަވީއްލުމަށް ވަރަށް އަގުހެޔޮ ޕެކޭޖެއް މިހާރު ތައާރަފް ކޮށްފައިވާކަމަށެވެ. މެނޫ މިއޮތީއެވެ.

އަރާމު މާހައުލެއްގައި މީރު ރަހަތަކާއެކު ޖީބަށްވެސް ބުރަކަމެއް ނެތި ރޯދަވީއްލަން އެންމެ ރަނގަޅު ރެސްޓޯރެންޓަކީ މިއީ ކަން އަމިއްލަ އަށް ތަޖްރިބާ ކޮށްލަން މިއީ ރަނގަޅު ފުރުސަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top