ބުރާސްފަތި ދުވަހުން ފެށިގެން ހޫނުމިން ދަށަށް ދާނެ: މެޓް

އޭދަފުށި

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ހޫނުމިން ދަށަށް ދާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

އޭޕްރީލް މަހަކީ އާއްމުކޮށް ކޮންމެ އަހަރަކުވެސް ރާއްޖެ އަށް އެންމެ ހޫނު ގަދަ މަހެވެ. ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން މިދުވަސްވަރު ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގައެވެ. މި އަހަރު އެ އަދަދު 44 އަށް ވަަނީ އަރައިފައެވެ.

މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ އުތުރާއި މެދަށް ހޫނުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ދެކުނަށް މިއަދު ބޯކޮށް ވާރޭ ވެހޭތީ ހޫނު ނުވާނެ ކަމަށެވެ.

މެޓުން ލަފާކުރަނީ މި ހަފްތާގެ ބުރާސްފަތި ހިސާބުގައި ރާއްޖެ މަތީގައި ވިލާ ގިނަވާން ފަށާނެ ކަމަށެވެ. ވިލާ ބޯވާން ފެށުމުން ސޯލާ ރޭޑިއޭޝަން ސީދާ ރާއްޖޭގެ މައްޗަށް ހުއްޓަސް އޭގެ އިންޓެންސިޓީ ދަށްވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ހަނިމާދޫ، ހުޅުލެ، ކައްދޫއަށް ހޫނުމިން އުޅެނީ 32 ޑިގްރީ ކަމަށާއި ކާޑެއްދޫ އަދި ގަމަށް އުޅެނީ 29 ޑިގްރީ ކަމަށް އޮފިޝަލު ވިދާޅުވިއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top