ނަފްސާނީ ބަލިމީހުންނަށް ދީޕިކާގެ އެހީއެއް

ދީޕިކާ ޕަޑުކޯން: މިއަދުވަނީ ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނަށް ކްލިނިކެއް ހުޅުވަި ދީފަ.

ދީޕިކާ ޕަޑުކޯން: މިއަދުވަނީ ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނަށް ކްލިނިކެއް ހުޅުވަި ދީފަ.

ބޮލީވުޑްގެ ރާނީކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދީޕިކާ ޕަޑުުކޯން، ނަފްސާނީ ބަލީގެ ވޭނުގައި އުޅޭ މީހުންނަށް އެހީވުމުުގެގޮތުން ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ދުވަހުގެ މުނާސަބަތުގައި “ލިވް ލަވް ލާފް “ގެ ނަމުގައި އޭނާގެ ފައުންޑޭޝަނުން ކްލިނިކެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި މިކްލިނިކް ހުޅުވަން އޭނާ ނިންމީ އޭނާއަކީވެސް މި ބަލީގެ ވޭން ތަހައްމަލު ކުރުމުގައި ގިނަ ދުވަސްތަކެއްގައި އުޅުނު މީހަކަށް ވާތީ މިބަލިން އޭނާފަދަ އެހެންމީހުން ރައްކާތެރިކުރުމަށް ކަމުގައި ބުންޏެވެ.

އެންމެ ޒުވާންދުވަސްވަރު ނަފްސާނީ ބަލީގެސަބަބުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްވާން ޖެހުމުން ނަފްސާނީ ބަލިތައް ތަހައްމަލްކުރާ އެތައް ބަޔަކު އުޅޭކަމާއި އެމީހުންނަށްއަޅާ ވޭން އަމިއްލަ ތަޖްރިބާއިން ވަޒަންކުރެވުމުން މި ފަދަ ބަލި މީހުންނަސް އެހީވުމުގެ ޚިޔާލު އައީ ކަމުގައި ދީޕިކާ ބުންޏެވެ.

މިއަދު ރަސްމީކޮސް މިތަން ހުޅުވިކަމުގައި ވިޔަސް ދީޕިކާ ފައުންޑޭޝަން އިން މިކްލިނިކްވަނީ ދުވަސްކޮޅެއް ކުރިން ހުޅުވައިގެން ޚިދުމަތް ދޭންފަށާފައެވެ.CLs9cmuUwAAdXOk

ދީޕިކާ ބުނިގޮތުގައި އޭނާ ޕްލޭންކޮށްފައި އޮންނާނީ ކުރިން ކްލިނިކް ހުޅުވައިގެން ޚިދުމަތް ދޭންފެށިކަމުގައި ވީ ނަމަވެސް ރަސްމީ ކޮށް އެތަން އިފްތިތާހްކުރުން ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ދުވަސް ކަމުގައިވާ 10 އޮކްޓޯބަރގައި ބާއްވާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top