ފުލުހުން ނުކުމެ ”އެމްޑީޕީ އަށި” ނަގައިފި

916353228.jpg

ސިޔާސީ ހަރަކާތް ހިންގާތަނެއްކަމަށް ސަރުކާރަށް ފެންނާތީ އޭދަފުށީގައި ހުންނަ “އެމްޑީޕީއަށީ”ގެ ނަމުން މަޝްހޫރުވެފައިވާ ފިނިއަށި ފުލުހުން ނުކުމެ މިއަދު ނަގައިފިއެވެ. މިކަން އޭދަފުށީ ކައުންސިލުންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވި ގޮތުގައި އަށި ރޫޅާލުމުގެ މަސައްކަތް ފަށާފައި މިވަނީ އެތަނުގައި އެއްވެސް މީހެއްގެ މުދަލެއް ހުރިކަމަށްވާނަމަ އެތަކެތި އެތަނުން ނެގުމަށް މުއްދަތެއްވެސް ދިނުމަށްފަހުގައެވެ.

ފުލުހުން ބުނީ ބައެއް ރަށްރަށުގައި ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހަދާފައިހުރި ސިޔާސީ ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފުކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމުގައެވެ. އެއީ ދައުލަތުގެ ބިންތަކުގައި ކައުންސިލްތަކުން ހުއްދަ ހޯދުމަކާ ނުލައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ކިބައިން އެކަމަށް އެދިފައިވާތީ ކަމުގައެވެ.

ސިޔާސީ ހަރަކާތް ހިންގުމަށް ރަށްރަށުގައި ބޭނުންކުރާ ސަރުކާރުގެ ބިންތަކުގައި ހަދާފައި ހުންނަ ޖަގަހަތައް މިދުވަސްވަރު އަންނަނީ ފުލުހުން މެދުވެރިކޮށް ނަގަމުންނެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުގައި މިމަސައްކަތް ކުރިއަށް އެބަގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top