ބޮންޑެ ވިދާޅުވަނީ މާއްޑޫ ދަނޑުވެރިކަމަށް ދޫކުރަން ނިންމީ މަޖިލީހުގެ ނިންމުންތަކާ ހިލާފަށް ކަމަށް

zahaa.jpg

ރައީސް ޞާލިހް އަދި މިނިސްޓަރު ޒަހާ

ދަނޑުވެރިކަމުގެ މަސައްކަތަށް ބ. މާއްޑޫ ބީލަމަށް ލާފައިވަނި މަޖިލިހުގެ ނިންމުން ތަކާއި ޚިލާފަށްކަމަސާއި އެމައްސަލައިގާ މަޖިލީހަށް މިނިސްޓަރު ހާޒިރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ ވިދާޅުވީ ސަރުކާރުން ދަނޑުވެރިކަމުން ރައްތަކެއް ދޫކުރަން ނިންމުމުން މަޖިލީހުން އެކަން ކުރުމުގައި އަމަލުކުރަން ފެންނަ ކަންތައްތަކެއް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށެވެ.

އެގޮތުން ދޫކުރަން އިއުލާން ކުރި ރަށްތަކާ ގުޅޭ ގޮތުން އެރަށްތަކުގައި އޭރު މަސައްކަތްކުރަމުން ގެންދިޔަ ފަރާތްތަކާ، އެހެން ވެސް ފަރާތެއްގެ ޝަކުވާއެއް އޮތްތޯ ބަލައި، ޑިއުޑެލިޖެންސް ހެދުމަށް ފަހު ރަށްތަކުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ ކަމާގުޅުން އޮތް ކޮމެޓީއިން އެންގި ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އެގޮތަށް މާއްޑޫ ކުއްޔަށް ދިނުމަށް ބަޔަކު ދެކޮޅުހަދާތޯ ބެލުމެއް ނެތި ރަށް ކުއްޔަށް ދިނުމަށް އިއުލާން ކުރުމުން 127 މީހަކު ބިޑް ހުށަހަޅައިގެން މަސައްކަތްތަކެއް ބޭކާރު ގޮތުގައި ކުރަން ޖެހުނީ މިނިސްޓްރީން ޒިންމާދާރު ކުޑަކޮށް އަމަލު ކުރުމުން ކަމަށް ބޮންޑެ ވިދާޅުވިއެވެ.

“އެނގެންވާނެ ބަޔަކު ރަށް ދިނުމަށް އިއުލާން ކުރުމުން މީހުން ޚަރަދުކޮށްގެން ލިޔުންތައް ތައްޔާރުކޮށް ބިޑް ހުށަހަޅާނެކަން. މިހާ ޒިންމާދާރުކުޑަކޮށް ކަމެއް ކުރީމާ ގެއްލުން ވެސް ވާނެ. އިންވެސްޓްކުރާ މީހުންގެ އިތުބާރު ނުގެއްލޭ ގޮތަށް ކަންކަން ރާވާ ހިންގަންވީ” ބޮންޑެ ވިދާޅުވިއެވެ.

ބ. އަތޮޅު މީހުން ދަތުރު ގޮސް މޫދަށް އެރިލާ ހެދުމަށް ބޭނުންކުރާނެ ފަޅުރަށެއް އެއަތޮޅުގައި ނެތް އިރު އެކަމަށް ހަމައެކަނި ބޭނުން ކުރަން އޮތް ރަށަކީ މާއްޑޫއެވެ. ދެން ބަޔަކާ ހަވާލުނުކޮށް އޮތް ރަށަކީ މީހުން ދިރިއުޅޭ ރަށްރަށާ އެކަހެރިކޮށް އޮންނަ ގާމަތީ ރަށެއް ކަމަށްވާ ދަކަންދޫއެވެ.

މާއްޑޫ ދަނޑުވެރިކަމަށް ދޫކޮށްލަން މިނިސްޓްރީން ނިންމުމުން އެ އަތޮޅު ރައްޔިތުންގެ ޝަކުވާތައް ގިނަވެގެން މިއަދު ވަނީ އެރަށް ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލު ކޮށްފައެވެ.

ބ.އަަތޮޅު އަތޮޅުކައުންސިލާއި ވަކިވަކި ފަރުދުން ފެންވަރުގައި މާއްޑޫ ދަނޑުވެރިކަމަށް ދޫކުރަން ބީލަމަށް ހުޅުވާލުމުން އެގްރިކަލްޗަރ މިނިސްޓަރަށާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޭރު ޝަކުވާތައް އުފުލަމުން ދިޔައިރުވެސް އެކަމަށް އެންމެކުދަމިނުން ޖަވާބުދީފައެއްވެސް ނުވެއެވެ. އެންމެފަހުން ރަށް ކުއްޔަށް ދޭން ނިންމި ނިންމުން ބާތިލުކުރީ ނޫސްތަކާއިސޯޝަލްމީޑިއާގައި އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުންނެވެ.

އަތޮޅުތަކުގެ ރައްޔިތުން ދަތުރު ގޮސްލާ ހެދުމަށް ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ފަޅުރަށް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top