މިފަހަރުގެ އިންޑިއަލް އައިޑޮލް އަކީ ސަލްމާން

salman1-759.jpeg

ދިވެހިންގެ ތެރޭގައިވެސް ވެސް މަގްބޫލު ވެފައިވާ ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަން އިން ގެނެސްދެމުން އައި އިންޑިއަން އައިޑޮލް ސީޒަން 10 ، ގިނަ މީހުން ހީކުރި ގޮތާ ޚިލާފަށް ސަލްމާން އަލީ19،  ކާމިޔާބު ކޮށްފިއެވެ.

50 އެޕިސޯޑަށް ދެމިގެންދިޔަ މި މުބާރާތް ސަލްމާން ކާމިޔާބު ކުރުމުން އޭނާ އަށް ވަނީ މުބާރާތުގެ ރަންތައްޓާއި 25 ލައްކަ އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމު އަދި ޑަޓްސުން ގޯ ކާރެއް ލިބިފައެވެ.

ކާމިޔާބަށް ފަހު ރިޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން ސަލްމާން ބުނީ އިންޑިއަން އައިޑޮލް ކަހަލަ ޕްލެޓްފޯމެއްގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދިން ކަމަށް ޓަކައި ސޮނީއަށް ޝުކުރު އަދާކުރާ ކަމަށާއި މިއީ ހުވަފެނެއް ހަގީގަތަށް ވުން ކަހަލަ ކަމެއް ކަމުގައެވެ.

“މިއީ އުއްމީދު ކުރި އުފަލެެއް ނޫން. ބުނެދެން ނޭގޭ ކަހަލަ އިހުސާސްތަކެއް ކުރެވެނީ.  އަހަރެންގެ މަސައްކަތް ބަލައިގަތް 3 ލެޖެންޑުންގެ އިތުރުން ވޯޓް ދިން ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާ ކުރަން ”

މި މުބާރާތުގެ ދެވަނަ ލިބިފައި ވަނީ އަންކުޝް ބަރަދްވާޖް އަށެވެ. އަދި 3 ވަނަ ލިބިފައިވަނީ ނިލާންޖަނާ ރެއި އަށެވެ. މިދެ ބައިވެރިންނަށް ލިބިފައިވަނީ 5 ލައްކަ ރުޕީސް އެވެ.

ފައިނަލް ގައި ވާދަކުރި ފަސް ބައިވެރިންގެ ތެރެއިން ވިބޯރް ޕްރަޝަރް އަދި ނިތިން ކުމާރް އަށް ވެސް3 ލައްކައިގެ ފައިސާގެ އިނާމު ލިބުނެވެ.

އިންޑިއަން އައިޑޮލްގެ މިސީޒަންގެ ޖަޖުންނަކީ ވިޝާލް ދަޑްލާނީ، އާއި ނޭހާ ކައްކަރްގެ އިތުރުން ޖާވީދު އަލީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top