21 އަހަރުން ދަށަށް ވެސް ދުންފަތް މަނާ ކުރަނީ

dreamstime_xl_99923336-scaled-1.jpg

ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 21 އަހަރުން ދަށުގެ މީހުންނަށްވެސް ދުންފަތް ވިއްކުން މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ގުޅޭ ބިލެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން ޖެނުއަރީ 1، 2004، ގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

ދުންފަތުން ޒުވާން ޖީލު ސަލާމަތް ކުރަން ދާދި ފަހުން ވަނީ “ޖެނެރޭޝަނަލް ބޭން” އެއް ވެސް ގެންނަން ނިންމައިފަ އެވެ. އެގޮތުން ޖެނުއަރީ 1، 2007 ގައި އުފަންވެފައިވާ އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރަން ސަރުކާރުން ނިންމީ މި މަހުގެ 13 ގަ އެވެ.

އެއަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިިގެންނެވެ. އެހެންވެ އެ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.

އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިއުޓީ ވެސް ބޮޑުކޮށްފަ އެވެ. އަދި މިހާރު ދުންފަތާ ދެކޮޅަށް ހުށަހަޅާފައިވާ ބިލަމުގައި ވަނީ ދުންފަތް އޮޅަން ބޭނުންކުރާ ތަކެތި ވެސް މަނާކުރަން ވެސް ހިމަނައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top