ވޭޕް ބޭނުންނުކުރި ނަމަވެސް އަތުލުމުގެ ބާރު ފުލުހުންނަށް

th.jpeg

އީ-ސިނގިރޭޓާއި ވޭޕް ބޭނުންނުކުރި ނަމަވެސް އެ ތަކެތި ގެންގުޅޭނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުންނަމަ ވޭޕާއި އީ-ސިނގިރޭޓު އަތުލެވޭނީ ނުވަތަ ޖޫރިމަނާކުރެވޭނީ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމައެވެ.

މި ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އާންމު ތަނެއްގައި ވޭޕާއި އީ ސިނގިރޭޓު ފަދަ އާލާތެއް ގެންގުޅެނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުސް އޮފިސަރަށް ލިބިދޭނެއެވެ.

މި އިސްލާހުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމާއި ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. މީގެ ކުރިން ގާނޫނުގައި ވޭޕް އަތުގައި ބެހެއްޓުން މަނާކަމަށް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، މިކަމާ ގުޅޭގޮތުން ގާނޫނީ ބަހުސްތަކެއް އުފެދިފައިވެއެވެ.

އިސްލާހުގައި އިތުރު މުހިންމު ނުކުތާތަކެއްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 1 ޖެނުއަރީ 2007 ގައި ނުވަތަ އޭގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކުރުން މަނާކުރުން ހިމެނެއެވެ.

މީގެއިތުރުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެހި އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމާ ގުޅޭ ޖޫރިމަނާތައްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، މިފަދަ އާލާތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، ވިއްކުމުން 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އަދި ބޭނުންކުރުމުން 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top