އިމާމުންގެ މުސާރަ މިމަހު ލަސްވާނެ

413098_3_e186e39390163a38d77ff70666b115766677def0_large.jpg

މުސާރަ ތައްޔާރުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާގުޅިގެން ރާއްޖެތެރޭގެ އިމާމުންގެ މުސާރަ ލިބުން ލަސްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި މައްސަަލަ ހައްލުކޮށް މުސާރަ ދެވޭނެ ދުވަހެއް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަން ވެސް މިނިސްޓްރީން ފާހަގަކުރައްވަ އެވެ. ނަމަވެސް ސިސްޓަމަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، މުސާރަ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރަށްރަށުގައި މަސައްކަތް ކުރާ އިމާމުންގެ މުސާރަތައް ސިސްޓަމަށް އަޅަނީ ކައުންސިލު ތަކުން ކަމަށާއި އެ މައްސަލަ ދިމާވީ އެ ސިސްޓަމަށް ކަމަށެވެ.

މައްސަލަ ދިމާވެ މުސާރަ ލަސްވީ ކިތައް އިމާމުންނަށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top