ބޭންކްތަކުން ފައިސާ ނެގޭވަރު ލިމިޓް ކޮށްފި

MMA.jpg

ރާއްޖޭގެ ބޭންކްތަކުން ދުވާލަކު ނަގުދު ފައިދާ ނެގޭ މިންވަރު 200،000ރ. އަށް ލިމިޓްކުރުމަށް މޯލްޑިވްސް މްނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބޭންކްތަކަށް އަންގައިފިއެވެ.

މީގެކުރިން ދުވާލެއްގެ މައްޗަށް ފައިސާ ނެގޭނެ މިންވަރު ކަނޑައަޅަނީ އެ ބޭންކަކުން ކަމަށް ވިޔަސް މިފަހަރު މި އެންގުން އަންގާފައިވަނީ އެމްއެމްއޭ އިންނެވެ.

މިފަދަ ނިންމުމެއް އެމްއެމްއޭ އިން ނިންމާފައިވަނީ ނަގުދު ފައިސާގެ މުއާމަލާތްތައް ކުރުމަށް ވާ ދަތިތައް ކުޑަ ކުރުމުގެ ގޮތުންނާއި ބޭންކުތަކުގެ ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކުން އިލެކްޓްރޯނިކް މުއާމަލާތްތަކަށް އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކަމަށް ބުނެއެވެ. އަދި މިމަހުގެ ނިޔަލަށް މި ބަދަލާ އެއްގޮތަށް ހުރިހާ ބޭންކުތަކުން ވެސް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ވަނީ އަންގާފައެވެ.

ނަގުދު ފައިސާގެ އެކި މުއާމަލާތްތަށް، ފައިސާ ނަގައިގެން ކުރާއިރު، ވައްކަން ކުރުމާއި ފޭރުމުގެ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، އެމްއެމްއޭ އިން މި ގެނައި ބަދަލާއެކު މިފަދަ މައްސަލަތަކަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top