އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ވެއްޖެ

332038_88805032-6.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ:ރައީސް އޮފީސް

ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވީ މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން ކަމުގައެވެ.

ރައީސް ވިދާޅުވީ, މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ ސްކީމުގައި ރެޖިސްޓާ ކޮށްފައި ހުންނަ ސެންޓަރުތަކުން ވެސް ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

”އަދި އޭގެ ތެރޭގައި ޑޮކްޓަރުން އެގޮތަށް ލަފާ ދީފިނަމަ ދޭ، ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ، ދެން ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް މިކަން ކުރެވޭނެ ގޮތަށް ރާވައި އަދި އެ ހިދުމަތް ނެތްކަމުގައި ވަނީނަމަ އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ“ – ރައީސް މުއިއްޒު –

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށާއި އެހެންކަމުން ޗެކްއަޕްތައް ގަވާއިދުން ހެދުމަށް ސަރުކާރުން ބާރުއަޅާނެ ކަމަށެވެ.

އަދި ޑޮކްޓަރުން ލަފާ ދީފިނަމަ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދީ, ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ފަސޭހައިން މިކަން ކުރެވޭނެ ގޮތަށް ހަދައިދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top