ކަރަންޓީނު މުއްދަތު ކުރުކުރަން މަޝްވަރާކޮށްފި

covid-president.jpg

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން މަޝްވަރާ ކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން އެޗްއީއޯސީން ވަނީ އަންގާރަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އާއި އެކު މަޝްވަރާ ބައްދަލު ވުމެއް ބާއްވާފަ އެވެ.

މިއަދުގެ ވަގުތެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށްވެއެވެ.

ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމި ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވަނީ އިއުލާން ކުރައްވައިފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެ ޓުވީޓު ރީޓުވީޓު ކުރެއްވިއެވެ.

އެކަމަކު، ކަރަންޓީންގެ މުއްދަތު 10 ދުވަހަށް އިތުރު ކުރަން ނިންމި ކަން ރައީސް އޮފީހުން ދޮގު ކުރެއެވެ.

އެޗްއީއޯސީން ކުރިން ބޭއްވި ޕްރެސްއެއްގައި ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށަށް ގޮސް 14 ދުވަހު ކަރަންޓީނު ވާންޖެހޭ އުސޫލު އުވާލާނެ ސީދާ ތާރީޚެއް އަދި ބުނަން ނޭނގޭ ކަމަށެވެ. ފުރަބަންދު ކަރަންޓީނު އުވާލުމުގައި ރާއްޖޭގައި ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވާ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އެއްވެސް ކްލަސްޓާ އަކާ ގުޅުމެއްނެތި ބައްޔަށް ޕޮޒިޓިވް ވާ ރޭޓަށް ވަރަށް ބޮޑަށް ބަލާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވިޓީ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތަކުގެ ޓްރެންޑް ވެސް ހުރީ ދަށަށް ކަމަށެވެ. އެގޮތުން ޕޮޒިޓިވިޓީ ރޭޓް 4 އިންސައްތައާއި 2 އިންސައްތައިގައި ހުރިއިރު، އިންޑިޕެންޑެންޓް ކޭސްތައްވެސް ދަށްވާން ފަށާފައިވާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އަދަދުތައް މިގޮތުގައި ހިފެހެއްޓިއްޖެނަމަ، ފުރަބަންދު ކަރަންޓީން ދޫކޮށްލާ، މީހުންނަށް ސީދާ ރަށަށްދެވޭނެ ގޮތަށް ހުޅުވާލެވޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top