ބ.އަތޮޅުން މިދިޔަމަހު އެންމެބޮޑު ސާވިސް ޗާޖެއް ދިނީ އަނަންތާރާ އިން

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން މިދިޔަ އޮގަސްޓް މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އަނަންތާރާ ކިހާވައް މޯލްޑިވްސް އިން ކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން ހާމަކުރި ތަފާސްހިސާބު ތަކުން ދައްކައިފި އެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 12،800ރ. (835 ޑޮލަރު) ދިނެވެ.

ލިސްޓުގެ ދެވަނައިގާ އުޅެނީ ވައްކަރު ރިސޯޓެވެ. އެއީ 9668ރ. (627 ޑޮލަރު) އެވެ. ތިންވަނަ އަށް އޮތީ ސޮނެވާއެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް ލިބިފައިވަނީ 9575ރ. (621ޑޮލަރު)އެވެ. ލިސްޓް ގައިވާ ގޮތުން ބ.އަތޮޅު ގައި ހިންގާ ރިސޯޓު ތަކުގެ ތެރއިން ދެން އެންމެ ރަނގަޅު ސާވިސްޝާޖެއް ލިބިފައިވަނީ މިލައިދު ރިސޯޜުންނެވެ. އެއީ 7540ރ. (489ޑޮލަރު) އެވެ. ރީތި ބީޗް ރިސޯޓުން ސާވިސްޗާޖަށް ބޮލަކަށް ޖެހިފައިވަނީ 7170ރ.(465ޑޮލަރު ) އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، ކުރިއަށް އޮތީ ޕީކް ސީޒަންގެ ދުވަސްވަރެވެ. އެ ދުވަސްވަރު ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރަށް ބޮޑުވާނެ އެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top