މުއިއްޒުގެ ތަރުޖަމާނަކަށް ތޮލާލް

371893_3_e2ff2f2c978afc81e43f3e40799f2882f600a8a0_large.jpeg

މުއިއްޒު އާއި ތޮލާލް

ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފްގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ހަމަޖައްސައިފި އެވެ.

ޕީޕީއެމުން ކުރި ޓުވީޓެއްގައި ބުނީ ތޮލާލާއި ހުސައިން މުހައްމަދު ލަތީފުގެ ތަރުޖަމާނަކަށް ތޮލާލް ހަމަޖައްސާފައިވާ ކަމަށެވެ.

ތޮލާލަކީ ޕްރޮގްރެސިވް ކޯލިޝަންގެ އިދާރީ ކަންތައްތަކުގައި އުޅުއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތާއި ހަމަޔަށް ހުންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީންގެ އިންތިޚާބި އެޖެންޓަކީ ވެސް ތޮލާލެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އެ ޕާޓީން ވަނީ ޕާޓީގެ ކެންޑިޑޭޓެއްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާފަ އެވެ.

މާލޭގެ މޭޔަރު މުއިއްޒު ކުރިން ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އޭނާ އެ މަގާމާއި ޕާޓީ ދޫކޮށްލައްވައި ޕީއެންސީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ޓިކެޓް ހޯއްދެވުމަށެވެ.

މާލޭގައި ޖަގަހައެއް ހުޅުވައި މުއިއްޒުގެ ކެމްޕެއިން މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ. މިއަދު ޕާޓީގެ ޓީމްތައް މި ހަފުތާ ބަންދުގައި އެކިއެކި ރަށްރަށަށް ކެމްޕެއިން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top