އޭދަފުށި -ހިންނަވަރު ވެޓެރަންސް މެޗް :މޮޅުވީ އޭދަފުށި

image-0-02-05-0caa5cc11397e3a1aa946fb34ad6428919d3b7453a712b3481a13d2a818444c6-V.jpg

އޭދަފުށި-ހިންނަވަރު ވެޓެރަންސް ޓީމް ބައްދަލު ކުރި މެޗް- ފޮޓޯ :އީޓީ

އިއްޔެ ހަވީރު ހިންނަވަރުގައި ކުޅެވުނު އޭދަފުށީ ވެޓެރަންސް ޓީމާއި ހިންނަވަރު ވެޓެރަންސް ޓީމް ބައްދަލުކުރި އެކުވެރިކަމުގެ މެޗު، 5-1 ން އޭދަފުށި މޮޅުވެއްޖެއެވެ.

ހިންނަވަރުގައި އެރަށު ރައްޔިތުންގެ ކުރިމަތީގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނި ހިންނަވަރުންނެވެ. ދަނޑަށް އާވުމާއި ދަނޑަށް ހޭނުމަށް ވަގުތު ކޮޅެއް ބޭނުންވާތީ އެ ފުރުސަތުގެ ބޭނުން ހިފައި ހިންނަވަރުން މެޗްގެ ލީޑު ނަގާފައިވަނިކޮށް އޭދަފުށި ޓީމްގެ އަސްލު ކުޅުން ދައްކަން ފެށިއެވެ. މުހައްމަދު އިމްރާންއާއި މުހައްމަދު އިކްރާމް އާއި މުހައްމަދު އާރިފުވެސް ލަނޑެއް ޖަހައި ފުރަތަމަ ހާފް ނިންމާލީ 3-1ން އޭދަފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުންވެސް ލީޑް ކުރަމުން އައިން އަނެއްކާވެސް ނަތީޖާގެ ފަރަގު ބޮޑުކޮށްލީ ޓީމާއި އަލަށް ގުޅުނު އިސްމާއީލް ޝަރީފުގެ ދެ ލަނޑާއެކުގައެވެ.

މެޗާބެހޭ ގޮތުން ވާހަކަ ދައްކަމުން އޭދަފުށީ ޓީމާ ހަވާލުވެ ހުރި އަހްމަދު ނާސިރު ބުނީ އޭދަފުށީގެ ވެޓެރަންސް ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް ދެމުން ބުނީ މި މެޗުން އެނގިގެން ދިޔައީ އަދިވެސް ޒުވާންކުދިންނާ ވާދަކުރެވިދާނެ ހިތްވަރު ވެޓެރަންސް ޓީމުގައި އެބަހުރިކަމާއި އެމީހުންގެ ހަމައެކަނި މަދީ އުމުރަށް އައި ބަދަލުގެ ސަބަބުން ބުންވަރަށް އައި ބަދަލުކަމުގައެވެ.

ނާސިރު ބުނީ ހީވީ 80ގެ އަހަރުތަކުގެ ތެރޭގައި ގަލޮޅު ދަނޑުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފޯރިގަދަ މެޗެއް ބަލަން އިނދެވުނުހެން ކަމުގައެވެ.  ” ހުރިހާ ކުޅުންތެރިންވެސް މޮޅު. ފައުޒީ، މުހައްމަދު އިމްރާން ، އަހްމަދު ރިޒާ. މިއީ އޭރުވެސް ގަލޮޅުދަނޑުގައި އުދުހުނު ކުޅުން ތެރިން. މިއަދުވެސް އެ މަންޒަރު ސިފަވެގެން ދިޔަ ކިތަންމެ ރަނގަޅަކަށްވެސް . “

ނާސިރު ބުނީ ފާހަގަ ކުރެވޭ ވަކި މޮޅު ކުޅުންތެރިއެއްގެ ނަން ފާހަގަ ކުރާނަމަ “ގަހާ އިސްމާއީލް “ގެ ނަން ފާހަގަ ކުރާނޭކަމުގައެވެ. “މާމޮޅީ އަދިވެސް އޭނާ .” އިސްމާލުއަށް ތާރީފުކުރަމުން ނާސިރު ބުންޏެވެ.

އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ.

އޭދަފުށި ވެޓެރަންސް ޓީމް ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ކިހާދޫ ވެޓެރަންސް ޓީމާއެވެ. އޭގެ ފަހުން ޕްރޮގްރާމްގައި އޮތީ ހިތާދޫ އާއި ކުޅުދުއްފުށި ކަމުގައި ނާސިރު މައުލޫމާތު ދިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top