މަސްތުވާ ތަކެއްޗާއެކު ކަމަދޫން 4މީހުން ހައްޔަރު ކޮށްފި

Kamadhoo.jpg

ފޮޓޯ :ޕޮލިސް ލައިފް

ބ.ކަމަދޫއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން އަތުލައިގަނެ ހައްޔަރުކޮށްފައިވަނީ ކަމަދުއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ބ. ކަމަދޫގައި ހިންގި އޮޕަރޭޝަނެއްގައި ކަމަދޫގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރޭގައި ރޭ އެކެއް ޖެހިއިރު ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިމީހުން ހައްޔަރުކޮށް، މިމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top