ވެކްސިންދެޑޯޒް ފުރިހަމަ ކުރި ފުރަތަމަ އަތޮޅަކަށް ބ.އަތޮޅު!

175997435_1928663070620992_4979395249087645493_n-p64kctqjxbw8gwlxzzvskchddof7brnp0u3iyvxqpc.jpg

އޭދަފުށީގައި ކޮވިޑް ސާމްޕަލް ނަަގަނީ -- ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

ކޮވިޑްގެ އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ދޭން ފެށިފަހުން ދެޑޯޒް ފުރިހަމަ ކުރި ފުރަތަމަ އަތޮޅަކީ ބ. އަތޮޅު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން  ހާމަކޮށްފިއެވެ.

ވެކްސިން ޖަހަން ޖެހޭ އުމުރުގެ ގޮތުގައި އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވަނީ 12 އަހަރުން މައްޗެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 335،199 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާއްމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 61 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 24 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި އަށް މީހަކު ހިމެނެއެވެ.

އެއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،164 އަށް އަރާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top