މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުބޮޑު ކުރާނެކަމުގެ އިންޒާރު!

9zDSACC2BCMQhuARTBlB4NRugCwMaoEuHt7pCjzr.jpg

ޓްރާންސްޕޯޓް މިނިސްޓްރީއަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރު ތަކުން، ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ޓެކްސީގެ ހިދުމަތް ދެމުން އަންނަ ހުރިހާ ސެންޓަރުތަކުގެ އިސްވެރިން ބޭއްވި ދެ ވަނަ ބައްދަލުވުމުގައި، 14 ޓެކްސީ ސެންޓަރަކުން މަޝްވަރާ ކުރުމަށް ފަހުއެވެ.

މި ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރުމަށް ނިންމައިފައެވެ. ދަތުރު ކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުންނެވެ.

އަގުތައް ބޮޑުުކުރުމުގެ ކުރިން ސެންޓަރުތަކުގެ ނިންމުންތަކާ މެދު ޑްރައިވަރުންގެ ހިޔާލު ހޯދުމަށް 24 ގަޑިއިރު ދިނުމަށް ސެންޓަރުތަކުގެ ވެރިން ނިންމާފައިވުމާއެކު އަގުތައް ބޮޑުކުރަން ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަގުތައް ފައިނަލް ކުރުމަށްފަހު ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި ސޮއިކޮށް އެ ލިޔުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވުމަށްވެސް ނިންމާފައިވެ އެވެ.

އެގޮތުން މާލެތެރޭގެ ދަތުރުތައް 25ރ. 30ރ. އިތުރުކުރަން އަދި ބްރިޖު މެދުވެރިކޮށް ހުޅުމާލެއަށް މިހާރު ކުރާ ދަތުރުތަކަށް ނަގާ 75ރ. ބަދަލުގަައި 100ރ. ނަގަން ހުށަހަޅާ ގޮތަށް ނިންމާފައިވެ އެވެ.

އަގުތަކަށް ބަދަލު ގެންނަން ހުށަހަޅާއިރު، މާލެ އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތަކަށް ވެސް އިތުރަށް ފައިސާ ނަގަން ހުށަހަޅާނެ ކަމަށާއި މާލޭގެ ދަތުރުތަކަށް ވެސް ފަސް ރުފިޔާ އަދި ބްރިޖު ހުރަސްކޮށް ފޭސް 1 އަށް ކުރާ ދަތުރުތަކަށް 100 ރުފިޔާ ނަގަން ހުށަހެޅުމަށްވެސް ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައިވީ ނަމަވެސް، މާޗު 10 ވަނަ ދުވަހުން ފެށިގެން ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ވެސް އެބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top