ކަމަދޫ ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް

3-Kamadhoo-island.jpg

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކަމަދޫން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ރޭ އިރާކޮޅު ކައުންސިލްގެ ރައީސް ހައްޔަރުކޮށްގެން  އޭދަފުށީ ޕޮލިސް ސްޓޭޝަންށް ގެންދިޔަކަން އެނގިފައިވާ ކަމުގައެވެ.

އެގިފައިވާގޮތުގައި ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި ކޯޓަށް ހާޒިރުވުމަށް ދެފަހަރެއްގެ މަތިން ކައުންސިލްގެ ރައީސަށް އެންގުމުން ވެސް ކޯޓަށް ހާޒިރު ވެފައެއް ނުވުމުންނެވެ.

ސަމީރު ވަނީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު ހައްޔަރު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top