އޭދަފުށީގައި ބޭއްވުނު އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

0-02-06-2e5ae04d1a5bab40fe0542ea40f1b2ff7bdc32263739e2097c6cca45d069e8f4_a290586d.jpg

މުބާރާތުގެ 1ވަނަފިރިހެން ބައިވެރިޔާ ޢަބްދުﷲ ނާއިފް ނަޒީހް

އޭދަފުށީ ދެވިނަގޭ އަލްމަރްޙޫމް ޢަބްދުއްރަޙްމާން ހަސަންގެ ހަނދާނުގައި އެއާއިލާގެ ފަރާތުން އޭދަފުއްޓަށް ޚާއްސަ ކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިއުމާއި ޓްރޮފީ ދީފިއެވެ.

ރޭ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަލްމަރްހޫމް ޢަބްދުއްރަޙްމާން ޙަސަންގެ އެއް ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންްބަރު އަހްމަދު ސަލީމު އެވެ.

މި މުބާރާތުން އެއްވަނަ ފިރިހެން ބައިވެރިއަކީ އޭދަފުށީ ފުނަމާގޭ އަބްދުﷲ ނާއިފް ނަޒީހު އެވެ. އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވުނީ އޭދަފުށީ އިރުދޭމާގޭ މަރްޔަމް ނައުޝީން ޝަމީމުއެވެ. މިއިން ކޮންމެ ކުއްޖަކަށް ނަގުދު ފައިސާގެ ގޮތުގައި 25000 ރުފިޔާ ވަގުތުން ވަނީ ހަވާލު ކޮށްފައެވެ.

އިނާމު ލިބުނު އެހެން ކެޓެގަރީ ތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ އަންހެން ބަޔާއި ފިރިހެން ބައި އަދި ބަލައިގެން ކިއުމުގެ އަންހެން ގޮތްޕާއި ފިރިހެން ގޮފީގެ އިތުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ އަންހެން ފިރިހެން ވަކިން ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ބައިވެރިޔާ އާއި ގަދަ 5 އަދި 16 އަހަރުން މަތީގެ ބައިންވެސް އަންހެން ފިރިހެން ވަކިން އެއްވަނަ ހޮވުމާއެކު ގަދަ 5 އަށް ވަނީ ބޮޑެތި އިނާމުތަކެއް ދީފައެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަވާނެ ކަމަށާއި އަންނަ އަހަރު މި އަހަރަށްވުރެ އިނާމުގެ އަދަދު ވެސް ބޮޑު ކުރައްވާނެ ކަމުގައެވެ. ސަލީމުގެ ވާހަކަ ކުރިއަށް ގެންދަވަމުން ކީރިތި ޤުތުއާރީތި ކޮށް ކިޔެވުމާއެކު ޤުރުއާނަށް ކުދިން އަހުލުވެރިކުރުވުމަށް އޭދަފުށީ އަންހެނުން ކުރައްވާ ބުރަ މަސައްކަތަށް ތައުރީފް ކުރައްވައި އެކަން ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދެވުމަށް އެދިވަޑައިގަތެވެ.

މި ޖަލްސާއަށް މި މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ އިތުރުން އެފަރާތްތަކުގެ އާއިލާގެ މެންބަރުންނާއި އޭދަފުށީގެ ކަމުވޮށިވެގެންވާ ގިނަ ބަޔަކު ހާޒިރުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top