މީރާގެ ކަލެކްޝަންސެންޓަރެއް އޭދަފުށީގައި

757145470.jpg

އޭދަފުށީގައި ހުންނަ، މީރާގެ ކަލެކްޝަން ސެންޓަރު .

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ )ގެ ކަލެކްޝަން ސެންޓަރެއް އޭދަފުށީގައި ހުޅުވައިފިއެވެ.

މީރާގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުވި މި ކަލެކްޝަން ސެންޓަރުން މީރާގެ ހެޑްއޮފީހުން ލިބެންހުންނަ ގިނަ ޚިދުމަތްތައް ލިބެމުންދާނެކަމުގައި މީރާއިން ބުނެފައިވެއެވެ. އެގޮތުން މި ސެންޓަރުން މީރާއާއި ގުޅުންހުރި ކަންކަމުގެ ފައިސާ ބަލައިގަތުމާއި ބަޔާންތައް ބަލައިގަތުންފަދަ ޚިދުމަތްތައް ލިބެމުން ދާނެއެވެ.

އޭދަފުށީގައި ހުޅުވި ކަލެކްޝަން ސެންޓަރު މެދުވެރިކޮށް ޓެކްސް އާއި ގުޅޭ މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ހިންގާނެކަމަށް މީރާއިން ބުންޏެވެ.

ކޮންމެ އަތޮޅެއްގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވުމުގެ ޕްރޮގްރާމްގެ ދަށުން މިއީ މީރާގެ ކަލެކްޝަން ސެންޓަރެއް ގާއިމްކުރި ތިންވަނަ ރަށެވެ. . މީގެ ކުރިން  އައްޑު އަތޮޅާއި ކުޅުދުއްފުށީގައި ވަނީ މީރާގެ ކަލެކްޝަން ސެންޓަރު ހުޅުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top