ނޭވާލާ ހޮޅީގައި ބުރުގާ ޕިން ތާށިވުން އަނެއްކާވެސް އިތުރުވެއްޖެ: ޑރ. ފައިސަލް

0-02-06-8c511e01afee2ef08d59067b4dd49507b105b5a8bf527f8411ec687c59ea97e6_5393ddbe.jpg

ނޭވާލާ ހޮޅީގައި ބުރުގާ ޕިން ފަދަ ތަކެތި ތާށިވުން އަނެއްކާވެސް އިތުރުވެއްޖެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މިއަދު ޑރ.ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ކޮށިއަރައިގެން ނޭވާލާ ހޮޅިއަށާ ފުއްޕާމެއަށް އަދި ކާހޮޅިއަށް ގޮސް އެތަކެތި ތާށިވުން އަނެއްކާވެސް ގިނަވެއްޖެ ކަމަށެވެ.

“މިހެންވަނީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ދުވުމާއި، ބުރުގާ ޕިން އަނަގަޔަށްލައިގެން ޕިންޖެހުން އަދި ކުޅޭ އެއްޗެހި އަނގަޔަށްލައިގެން އުޅުމުން.” ޑރ. ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ބުރުގާ ޕިނެއް ނެގި އިރު، 26 ވަނަ ދުވަހު ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނެގި އެވެ. އަދި 25 ވަނަ ދުވަހު 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނެގި އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ.

އައިޖީއެމްއެޗް އިން ބުނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެން ކުދިން ކަމަށް ވެސް އައިޖީއެމްއެޗު އިން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top