ސަރުކާރުގެ އޮފީސްތައް މާދަމާއިން ފެށިގެން ހުޅުވާނެ.

QPWQXD1yNoKDAYn.jpg

ރައީސް އިބްރާހީމް މުހައްމަދު ސާލިހް

ކޮވިޑް 19 އާގުޅިގެން މިއަހަރުގެ އެޕްރީލް މަހު 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި އޮތުމަށް ފަހު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިއު ނޯމަލްގެ ދަށުން މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާނެ ކަމަށެވެ. މީގެ އިތުރުން ފިހާރަތަކާއި، ކެފޭ،ރެސްޓޯރެންޓު ފަދަ ތަންތަން ވެސް މާދަމާއިން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ.

މާލެއިން  ކޮވިޑްގެ ކޭސްއެއް ފެނުމާ އެކު، ފާއިތުވި އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. އަދި ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން ވެސް މުޅިން ހުއްޓުނެވެ.

ނަމަވެސް މިހާރު ކޮވިޑްގެ ހާލަތު ރަނގަޅުވެ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލައި ޓޫރިޒަމް ވެސް ފަށާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top