ކިހާދޫގައި ސަރުކާރުންވެސް ޕާކެއް އަޅައިދެނީ

big_lJWUYhsh552TCkSwvunfaFreg.jpg

ޕާކް އަޅަން ގެނެސްފައިވާ ތަކެތި

ބ.ކިހާދޫ ކައުންސިލާ އެރަށުގެ ”ކިޑްސް ”ޖަމިއްޔާ ގުޅިގެން އެރަށު އަތިރިމަތީގައި ޕާކެއް ތަރައްގީ ކުރިތާ މަސްދުވަސް ނުވެ އުޅެނިކޮށް ސަރުކާރުންވެސް އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ކިހާދޫއާ އެކު ރާއްޖޭގެ 15 ރަށެއްގައި ޕާކެއް އެޅުމަށް ބޭނުންވާ ސާމާނު މިހާރު ހުރީ ގަލޮޅު ދަނޑުގައި ރައްކާކުރެވިފައިވާކަމަށެވެ. އެރަށްރަށަށް ވަރަށް އަވަހަށް އެތަކެތި ފޮނުވާނެކަމަށްވެސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވިއެެވެ.

496 މީހުންގެ އާބާދީއެއް އޮތް ކިހާދޫ ބަނދަރުމަތީގައި މިހާރު އޮތް ޕާކަކީ، ކިޑްސް ޖަމިއްުޔާއާއި ރަށު ކައުންސިލާ ގުޅިގެން ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ މާލީ އެހީތެރިކަމާއެކު އުފައްދާފައިވާ ޕާކެކެވެ.  މި ޕާކަކީ ކުޑަކުދިން ކުޅެލައި މަޖާކޮށްލަން ދާނެ ރައްކާތެރި ތަނެއް ރަށުގައި ނެތުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިފައިވާ އަގުހުރި މަސައްކަތެއްކަމަށް ކިޑްސް އިން ބުނެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top