ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން ކިޔެވޭނެ ގޮތް ހަދަނީ.

c28b6d84ca3371ddfe574d24c893ed8f.jpg

ރާއްޖޭގެ ރިސޯޓެއް--ފޮޓޯ :އަގޯޑާ.ކޮމް

ރިސޯޓު ތަކުގައި ވަޒީފާ ކުރާ މުވައްޒަފުން ވަޒީފާ އަދާކުރަމުން ފަތުރުވެރިކަމާ ގުޅޭ ދާއިރާތަކުން ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު، މައުސޫމް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ”ފަސް މަންޒަރު“ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ސަނަދެއް ނެތް މުވައްޒަފުން އެބަ ތިބި ކަމަށެވެ. އެ ފަދަ މުވައްޒަފުންގެ ތަޖުރިބާ ހުއްޓަސް، ސަނަދު އޮތް ދަރިވަރުންނާ ވާދަކޮށް ވަޒީފާ ހޯދަން ދަތިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ވަޒީފާ އަދާ ކުރަމުންވެސް ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުގައި މަސައްކަތް ކުރަމުން ސަނަދު ހޯދައިދިނުމާ ބެހޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާވެސް މަޝްވަރާކުރެވިއްޖެކަމަށެވެ. އަދި އެކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތް ކުރަމުން ސަނަދު ލިބުމުން ބޭރުން ގެންނަ މުވައްޒަފުންނަށް ތަޖުރިބާގެ ގޮތުން ދިވެހި މުވައްޒަފާ ވާދަ ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައި ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ އެ ސިނާއަތުގައި މަސައްކަތް މުވައްޒަފުން ކަމަށް ވިދާޅުވެ ސަރުކާރުގެ އަމާޒަކީ ރިސޯޓުތަކުގެ މަތީީ ވަޒީފާތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުން ކަމަށާއި ރިސޯޓު އޯނަރުންގެ ގޮތުގައިވެސް ދިވެހިން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top