ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ފަށައިފި

IMG_7227-1024x577-1.jpeg

ބ. ތުޅާދޫގައި ގާއިމުކުރާ ކަލްޗަރަލް ސެންޓަރުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީއިން ބުނީ، އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށެވެ.

ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ 24.4 މިލިޔަން ރުފިޔާހަރަދުކޮށްގެން 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަސައްކަތަކީ އިކޮނަމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މީގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމެވެ.

ކަލްޗަރަލް ސެންޓަރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top