ސަލީމް ވިދާޅުވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ޖިންސީ ފުރައްސާރަ ކުރުން ކަމަށް

large_156036150919nYS8.jpeg

އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް: ފޮޓޯ :މަޖިލިސް

މިސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އެމްޕީ ސަލީމް މިހެން ވިދާޅުވެފައިވަނީ ޖިންސީ ކުށުގެ 7 ދައުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށް، އޭނާ ފުރުވާލާފައިވާ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖެ ދޫކޮށް އަލީ ވަހީދު މިހާރު ފުރާފައި ވާއިރު ޕީޖީ އިން ބުނެފައިވަނީ، އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަކީ ދައުލަތުން ބޭނުންވި ގޮތް ނޫން ކަމަށާއި ހަތަރު މަސް ފަހުން އަލީ ވަހީދު އަނބުރާ ނައިސްފިނަމަ އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ފުރުވާލި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ޖެންޑާ މިނިސްޓަރު އަދި އޭދަފުއްޓަށް ނިސްބަތްވާ އަނީސާ އަހުމަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް އެމީހާއަށް ކުރިން ހިމާޔަތް ދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް އެފަދަ މައްސަލަތައް ނުނަގާތީ ކަމަށް އަނީސާ ވިދާޅުވިއެވެ.

“މިއީ ކުރިންވެސް ތުހުމަތުކުރެވުނު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިމާޔަތް ކުރެވުނުހެން ހިމާޔަތްކުރެވުނު މީހަކަށް ނުވާނެކަމަށް އުންމީދުކުރަން” އަނީސާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top