ކޮވިޑް ކޮންޓްރޯލް ކުރަން އެންމެނަށް ގޮވާލަން، މިހާރު ނުކުރެވިއްޖެނަމަ ފަހުން ނުވާނެ: ޑރ.ނަޒްލާ

b_UW5XG4bXYPcoZUSbATiSFBc4T.jpeg

ޑރ.ނަޒްލާ --ފޮޓޯ :ވަން އޮންލައިން

ކޮވިޑްކޮންތްރޯލް ކުރުމަށް އެންމެނަށް ގޮވާލާ ކަމަށާ މިހާރު ނުކުރެވިއްޖެނަމަ ފަހަކުން ނުވާނެ ކަމަށް ވިދާޅުވެ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ކަންބޮޑުވެ ވަޑައިގެންފިއެވެ.

ޑރ. ނަޒްލާ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެނދުމަތި ކުރެވޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ހޮސްޕިޓަލްތައް ފުރި، އެޑްމިޓް ކުރާނެ އެނދުތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭ ކަމަށް ވިދާޅުވިއެވެ.

“މި ބަލި ކޮންޓްރޯލް ކުރަން އެންމެނަށް ގޮވާލަން، މިހާރު ނުކުރެވިއްޖެނަމަ ފަހުން ނުވާނެ،” ނަޒްލާ ވިދާޅުވި އެވެ.

ހަމަ އެއާއެކު މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ނުވާ ވަރަށް ހާލަތު ގޯސްވެއްޖެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަކީ ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށެވެ. އެގޮތުން ރަނގަޅަށް އަތްދޮވެ، މާސްކު އަޅައި، ތިން ފޫޓް ދުރުމިން ބަހައްޓައިގެން އުޅުމުން މި ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އަލާމާތް ފެނިއްޖެނަމަ އެންމެންގެ ރައްކާތެރިކަމަށް ޓަކައި އަވަހަށް ޓެސްޓް ކުރުމަށް ނަޒްލާ ގޮވާލެއްވި އެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން މިއަދުވެސް ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top