ދެވަނަ ޑޯޒަށްފަހު ކޮވިޑް ފެތުރުން މަދުވެގެންދާނެ : ޑރ.ފައިސަލް

0-02-06-8c511e01afee2ef08d59067b4dd49507b105b5a8bf527f8411ec687c59ea97e6_5393ddbe.jpg

ޑރ.ފައިސަލް

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒަށްފަހު ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ދާނެކަމަށް  ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި މިދުވަސްވަރު ބާރު ސްޕީޑުގައި ކޮވިޑް ފެތުރެމުންދާތީ، އާއްމުންގެ މީހަކު ޓުވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މިހާރު ޖަހަމުން އަންނަ ވެކްސިންގެ މަންފާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ދެ ވަނަ ޑޯޒަށްފަހު ބޮޑު ތަނުން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ވެކްސިންގެ މަންފާ ފެންނަން ދުވަސްކޮޅެއް ނަގާނެ 2 ވަނަ ޑޯޒަށްފަހު ބޮޑު ތަނުން ފެންނާނެ ان شاء الله،” ޑރ. ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް 25،324 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވަނީ ބަލި ފެތުރުން މަދުވާން ފަށައިފަ އެވެ. ރާއްޖޭގައި ވެސް ވެކްސިންގެ ދެވަނަ ޑޯޒު އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގިނަ ދޭން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top