އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރު ފެއިލްވެއްޖެ: ޑރ.ޖަމީލް

1-9.jpg

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް

ފުރުސަތު ލިބި އަތޮޅުތެރޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރުސަތު ލިބި އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރު ފެެއިލް ވެފައިވާ ކަމަށާއި އެކި ނަންނަމުގައި ޕްރޮޖެކްޓްތައް/ކޯސްތައް ހިންގަމުން ގެންދިޔައީ އެޗްޕީއޭގެ ލައިސަންސްގައި ކަމަށެވެ.

“މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު ދެ ސިޓީގައި ޖެހި ސަކަރާތުގެ ނަތީޖާ. ޕްލޭނެއް ރޭވުންތެރިކަމެއް ވެސް ނެތް” ޖަމީލު ވިދާޅުވިއެވެ.

ޖަމީލުގެ ޓްވީޓުގައި އެ އިޝާރާތް ކުރައްވާފައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުކަު ސިޓީގައި މިހާރު ޕޮޒިޓިވް ވެފައިވާ ކޭސް ތަކަށެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައިގެ ދަށުން ރަށްރަށުގައި ޕްރޮޖެކްޓްތަކާއި އެހެނިހެން ބޭނުންތަކަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ އާއި ފުވައްމުލަކަށް އަރައި ފޭބުން މަނާކޮށް ކާފިއު އިއުލާން ކޮށްފައިވާ އިރު، ފުވައްމުލަކަށް ދުބާއީ އިން ގޮސް ކަރަންޓީނުގައި ހުރި މީހަކާ ކޮންޓެކްޓުވި މީހަކު ޕޮޒިޓިވްވެ، އޭނާގެ ކޮންޓެކްޓުން ތަކެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ފުވައްމުލަކުން 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެގޮތުން އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 54 އަށް އަރާފައެވެ. އަދި ފުވައްމުލަކުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

މި ކޭސްތަކާ ގުޅިގެން މި ދެ ސިޓީ ވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top