ބ.އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަންހޯދީ ސީއެޗްއެސްސީ ބަލިކޮށްގެން

11885219_10153524759823583_1634382147599291291_n.jpg

3-2ގެ ނަތީޖާއާއެކު ސީއެޗްއެސްސީ ބަލިކޮށް މައިލޯ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގެ 19އަހަރުންދަށުގެ ޓީމްއިވެންޓްގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ. ތިޔަ ހޯދަމުންދާ ކާމިޔާބަށް މަރުހަބާއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 19އަހަރުންދަށުގެ ޓީމް އިވެންޓްގެ ފައިނަލާ ހަމައަށްދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި މުލަކު ސްކޫލާ ވާދަކޮށް މޮޅުވެގެންނެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ޓީމު އިވެންޓް ޗެމްޕިއަންކަން ތައުލީމީ މަރުކަޒަށް ގެއްލިފައިވަނީ ނ.ހޮޅުދޫ ސްކޫލާ ވާދަކޮށް 0-3ން ބަލިވުމާގުޅިގެންނެވެ. އެޓީމް ފައިނަލަށް ގޮސްފައިވަނީ އަހްމަދިއްޔާ ސްކޫލް ބަލިކުރުމަށްފަހުގައެވެ.

މިމުބާރާތުގެ އޯޕަންސްބައިގެ މެޗްތައް މާދަމާއިން ފެށިގެން ކުރިއަށްދާއިރު މި އިވެންޓްތަކުގެ މެޗްތަކުގައިވެސް ތައުލީމީ މަރުކަޒު ވާދަކުރާނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި އޯޕަންބައިގައި ކުރިއަށްދާނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާ 19 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްްސް ޑަބަލްސްއެވެ. މިބައިގައި 21 ސްކޫލަކުން 420 ކުޅުންތެރިން ވާދަކުރާއިރު، 531 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top