މެދު ކެނޑުމަށްފަހު، އޭަދަފުށީގައި ކޮވިޑް ވެކްސިންގެ 2ވަނަ ޑޯޒް ދޭން ފަށަނީ

175707241_1928663110620988_4478074286211522028_n.jpg

އޭދަފުށިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން މެދުކަނޑާލާފައިވާ ކޮވިޑް ވެކްސިން ގެ ދެވަނަ ޑޯޒް ދިނުމުގެ ޕްރޮގްރާމް މިރޭ ފަށާނެ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

މި ޕްރޮގްރާމް މިރޭ ފަށާއިރު މިހާރު ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 30 މީހުންނަށް އެޕޮއިންޓްމެންޓް ދޭ ގޮތަށެވެ. އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މީހުންނަށް ވެކްސިން ދީފައިވާ ތަރުތީބުން ހޮސްޕިޓަލުން ގުޅާނެ ކަމަށާ ވެކްސިން ދޭނީ ބ.އަތޮޅު ހޮސްޕިޓަލުގައި ރޭގަނޑު 9 އިން 10:30 އާ ދެމެދުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވަ އެވެ.

ވެކްސިން ޖަހަންދާ މީހާ، ވެކްސިން ކާޑު ގެނައުމާ ގަޔަށް ދޫ ހެދުމެއް ލުމާއި އައިޑީކާޑު ގެނައުމުގެ އިތުރުން ފެންފުޅިއެއް ގެނައުމަށް ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ހަމަ އެއާއެކު ވެކްސިން ޖަހަން އަންނައިރު އެޕޮއިންޓްމަންޓް ލިބިފައިވޭތޯ ޔަގީން ކުރުމަށް 9147777 އަށް ގުުޅުއްވުމަށް ވެސްއިލްތިމާސްކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top