”އޯޑަރުދިން ހަތްލައްކަ ޑޯޒް ވެކްސިން، ޖޫން މަހު ލިބެން ފަށާނެ“

117874693_mediaitem117874689.jpg

ރާއްޖެއިން އޯޑަރު ދީފައިވާ އެސްޓްރާޒެނެކާ ކޮވިޑް ވެކްސިނުގެ 700،000 ޑޯޒް ވެކްސިން ، ޖޫން މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ލިބެން ފަށާނެ ކަމަށް އުންމީދުކުރެއްވި ނަމަވެސް ލިބޭނެ ވަކި ތާރީޚެއް ކަނޑައެޅިގެން ދަންނަވަން ކެރޭނީ ކޮންފަމޭޝަން ލިބުމުން ކަމަށެވެ.

މި މައުލޫމާތުތައް ލިބެމުން ދާ ވަރަކުން ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.

މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެނީ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެނީ ރިސްކް ހައި މީހުން ފަދަ ޚާއްސަ ފަރާތްތަކަކަށް އެކަންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top