ގެސްޓް ހައުސްތަކުގެ ކަންބޮޑުވުން ހެލްތު މިނިސްޓަރަށް ހުށަހަޅައިފި !

b2891f35149fce8da25eca6af1a9c97b-e1603863565181.jpg

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް -- ފޮޓޯ: ހެލްތު މިނިސްޓްރީ

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން މަނާކުރުމުން ގެއްލުންވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށް ތިން ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިނިސްޓަރު ނަސީމާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެތަނުގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ ވިދާޅުވީ މިނިސްޓަރު ނަސީމަށް ތިން ހުށަހެޅުމެއް ހުށަހަޅައިފި ކަމަށެވެ.

ފުރަތަމަ ހުށަހެޅުމަކީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން ޕީސީއާރު ނަތީޖާ ލިބެންދެން ގެސްޓްހައުސް ތަކުގައި ކަރަންޓީނު ވެގެން ތިބުންކަމަށާއި ދެވަނަ ހުށަހެޅުމަކީ މާލެ ނުވަތަ ހުޅުމާލޭގައި 1-3 ދުވަސް ކަރަންޓީނު ވުމަށް ފަހު ރަށަކަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައި ވާނޭ ކަމަށެވެ.

މީގެ އިތުރުން ހުށަހަޅާފައިވަނީ ކެފޭ/ރެސްޓޯރަންޓު ނުހުންނަ ގެސްޓްހައުސްތަކަށް ބޭރުން ކާއެއްޗެހި ގެނެވޭނެ ގޮތަށް އެތަންތަން ހުޅުވަން ހުއްދަ ދެއްވުމަށެވެ.

ސައުދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކުން މިހާތަނަށް ވެސް އެސްއޯޕީތަކުގައި ހިފަހައްޓަމުން އައި ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް އެސްއޯޕީތަކުގައި ހިފަހައްޓާނެ އެވެ.

ގޭމްއިން ބުނީ މި ކަންބޮޑުވުންތައް މިނިސްޓަރު އަޑުއެއްސެވުމަށްފަހު ވަގުތުކޮޅެއް ދެއްވުމަށް އެދިވަދައިގެން ނިންމުން މުރާޖައާކުރަން ދެ ހަފުތާއެއްހާ ދުވަސް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އިންޑިއާގެ ޓޫރިސްޓުން އައުން މަނާކުރީ އޭޕްރީލް 25ގަ އެވެ. އިންޑިއާ ޓޫރިސްޓުން އައުން މަނާކުރީ އެ ގައުމުގެ ކޮވިޑް-19 ނުރައްކާތެރި މިންވަރަކަށް ފެތުރެމުން ދިޔުމާ ގުޅިގެންނެވެ. ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް އެ ގައުމުން ޕޮޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top