އިސްރާފް ކުރުމަކީ ޝައިތާނީ އަމަލެއް: ޚުތުބާ

DSCN9428-800x468-800x468-800x468-800x468.jpg

އޭަދަފުށި މަސްޖިދުއް ސުލްތާން މުހައްމަދު މުއީނުން ދީން

އިސްރާފު ކުރުމަކީ ޝައިތާނީ އަމަލެއްކަމަށާއި އެއީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރުގެ ހުތުބާގެ މައުޟޫއަކީ “އިސްރާފު” ކުރުމެވެ. އެގޮތުން އިންސާނުންނާއި މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ ބަލިމަޑު ކަމުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ހަމައެހެންމެ ތަނަވަސް ކަމުގެ ހަޔާތް ބައެއްގެ މައްޗަށް ވެރިވެގެންފި ނަމަ ފާސިގު ކަމާއި ފަސާދައިގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށާ އެއީ އެބައެއްގެ ނިމުން ކަމަށް ބުނެފައި ވެއެވެ.

“އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަ އަޅައި ދިއުން. އެއީ ހަމައެކަނި ކެއުން ބުއިމާއި ހަރަދު ބަރަދާއި ގުޅިފައިވާ ކަމެއް ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް ކުފުރުވުމާއި ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އިސްރާފު ކުރުމެވެ. އިސްރާފު ކުރުމަކިީ މިއަދު ބޮޑު ވަބާއަކަށް ވެފައިވާ ކަމެކެވެ.” ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކާބޯތަކެތި ގަނެ، ހެޔޮ ގޮތުގައި އެތަކެތީގެ ބޭނުން ނުކޮށް ކުނީގެ ގޮތުގައި އުކާލުމަކީ އިސްރާފު ކުރުން ކަމަށް ހުތުބާގައި ބުންޏެވެ. ހަމައެފަދައިން ފޭރާމާއި ސަވާރީއާއި ފަރުނީޗަރު ފަދަ ތަކެތި ހިސާބަށްވުރެ ގިނަވުމަކީ ވެސް އިސްރާފު ކަމަށް ހުތުބާގައި ބުންޏެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ، އާއްމުގޮތެއްގައި އިސްރާފުކުރުން ބޮޑު މަހެކެވެ. ރޯދަ ވީއްލުމަށް ޓަކައި، ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ މުސްލިމުންގެ އާދައެކެވެ. މީގެތެރެއިން އެމީހުން ބޭނުން ކުރަނީ ވަރަށް މަދު އެތިކޮޅެކެވެ. ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗެހި އުކައިލެވެނީ ކުނި ގޮނޑަށެވެ. މިއީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top