ޝައިޚް މަޖީދުގެ ދަރެސް : ރޯދަ ވީއްލުމަށް ދަޢުވަތު ދިނުމުގެ މާތްކަން

l_14964406969nXDi.jpg

ރޯދަމަހަކީ، ދީލަތިކަމުގެ މައްސަރެވެ. އެހެނިހެން މައްސަރުގައި ކުރާ ހޭދައަށްވުރެ ރަމަޟާންމަހުގައި ކުރާ ހޭދައިގެ މާތްކަމާއި މަތިވެރިކަން މާބޮޑަށް އިތުރުވެގެންވެއެވެ.

މާތްﷲ ރުއްސުންލެއްވި ޒައިދުބްނުޚާލިދުލްޖުހައިނީގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) މާތްނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރޯދަވެރިޔަކު ރޯދަ ވީއްލުވައިދީފި މީހާ (އެބަހީ: ރޯދަވެރިޔަކު ރޯދަ ވީއްލާނެ އެއްޗެއް ދިން މީހާ ދަންނާށެވެ!) އޭނާއަށް، އެ ރޯދަވެރިޔާއަށް ލިބެނިވި ޘަވާބު ލިބިގެންވެއެވެ. އެއީ، އެ ރޯދަވެރިޔާގެ ދަރުމައިން އެއްޗެއް އުނިވުމެއްނެތިއެވެ.”

އިސްވެދިޔަ ބަސްފުޅުން އެނގެނީ، ތިމާ އެހެންމީހަކަށް ރޯދަވީއްލުމެއް ދީފިނަމަ، ތިމާ ހިފި ރޯދައާ އެއްވަރަށް އިތުރު ޘަވާބު ލިބިގެންދާކަމެވެ. އެހެންވީމާ  ރަމަޟަންމަހު އެހެންމީހުންނަށް ރޯދަވީއްލުން ދިނުމަކީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫނެވެ.

އަޅުގަނޑުމެއްނީ ހެޔޮބަސްއަހައި ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top