ކަމަދޫ ކައުންސިލްގެ ނައިބުރައީސް ތިންމަހަށް ސަސްޕެންޑް

l_1503145389253COx.jpg

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު:

ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ކަމުގެ ގޮނޑިއަށް ރައީސަކު އިންތިޚާބު ނުކުރި މައްސަލާގައި އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ސާޖިދު ތިން މަހަށް ސަސްޕެންޑްކޮށްފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ ) އިން މި ނިންމުން ނިންމާފައިވަނީ އިއްޔެއެވެ.

ކަމަދޫ ކައުންސިލަށް އެލްޖީއޭ އިން އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކޮށްފައިނުވާތީއާއި، އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށްފަހު، އެކަން އެލްޖީއޭއަށް އެންގުމަށް ދެ ފަހަރެއްގެ މަތިން ސާޖިދުއަށް އެންގި އެންގުންތަކަށް އަމަލުކޮށްފައިނުވާތީވެ ކައުންސިލުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާ އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލްގެ ދަށުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސާޖިދުގެ މުސާރަ އާއި އިނާޔަތް ނުހިނގާ ގޮތަށް ތިން މަސް ދުވަސް ވަންދެން ސަސްޕެންޑް ކުރުމަށް އެލްޖީއޭއިން ނިންމާފައިވާ ކަމުގައެވެ.

އަދި ސާޖިދުގެ ސަސްޕެންޝަނުގެ މުއްދަތުގައި، ކަމަދޫ ކައުންސިލުގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން އެލްޖީއޭ އާދި އަތޮޅު ކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލު ހިންގުމާއި ހަވާލުވެ ހުންނާނީ ކަމަދޫ ކައުންސިލުގެ މެންބަރު އަހްމަދު ސަމީރު ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top