މިއުޒިކް ޑިރެކްޓަރު ސާޖިދުޚާން މަރުވެއްޖެ.

ac2-JUN-wajid-khan.jpg

ހިންދީ ފިލްމް ތޭރޭ ނާމް އާއި ދަބަަންްގް އަދި އޭކްތަ ޓައިގަރ ފަދަ މަޝްހޫރު ފިލްްމްތަކަށް މިއުޒިކް ހަދައިދީފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރ، ވާޖިދު ޚާން އުމުރުން 42 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވެފައިވަނީ ކޯވިޑަށް ޕޮސިޓިވްވެގެން ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ހަތަރު ދުވަސް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ބައެއް މީޑިއާއިން ވާޖިދުގެ މަރުގެ ރިޕޯޓު ގެނެސްދެމުން ބުނެފައިވަނީ އޭނާ ކޯވިޑަށް ޕޮސިޓިވް ވުމާއެކު  ކިޑްނީގައި އިންފެކްޝަނެއް އުފެދި އޭނާގެ ހާލު ސީރިއަސްވީ ކޯވިޑް ޖެހުމާއި އެކު ކިޑްނީގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ.

އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ޖުމްލަ 20 މީހުންނާއެކު މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ވާޖިދު މަރުވުމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ލަވަކިޔުންތެރިން ދަނީ ހިތާމަފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ސަލްމާން ޚާން އާއި ނޭހާ ކައްކާރު އަދި ކަޕިލް ޝަރުމާ ހިމެނެއެވެ.

މިއުޒިކްގެ ދުނިޔޭގައި ވާޖިދު މަސައްކަތްކުރަނީ ކޮއްކޮ  ކޮއްކޮ ސާޖިދާ ގުޅިގެން ނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top