ރައީސް ދެއްވާ ސްކޯލަޝިޕާއި ހައި އެޗީވާޒް ސްކޮލަޝިޕްއަށް ކުރިމަތިލާން ހުޅުވާލައިފި

DSCN5037.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންކޮޅެއް--އީވީ ފައިލް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޯލަރޝިޕާއި ހައި އެޗީވާސް ސްކޯލަރޝިޕަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިދިޔަ އަހަރު، ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދެއްވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރި ގޮތުގައި ސީދާ ސްކޯލަޝިޕް ހޯދުމަށް ވަކިން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ހުށަހަޅަން ޖެހެނީ ދަރިވަރު ކިޔަވަން ހަމަޖައްސާފައިވާ ޔުނިވާސިޓީ އާއި ކޯހާ ގުޅޭ ފުރިހަމަ މައުލޫމާތެވެ.

ރައީސްގެ ސްކޯލަރޝިޕް ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އެ ދަރުވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބެ އެވެ.

ހައި އެޗީވާސް ސްކޯލަރޝިޕް ދެމުން އަންނަނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އެ ސްކީމްގެ ދަށުން ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރެވޭނެ އެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުން މައި އެޑިއު ޕޯޓަލhttps://myedu.egov.mvް މެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top