ދިރާސީ އާއަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

education-school-text-book-foiythah-foiy-scaled-pqqd6q9s5eakqddimnlvyho3g8thgqezbv6kxf9mcw.jpg

ދިރާސީ އާ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަންނަ ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްތް ފޮތްތައް ސްކޫލޮތަކަށް ފޮނުވަން ފަށައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި މަސައްކަތް އެ މިނިސްޓްރީން ކުރިޔަށް ގެންދަނީ އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތުގައެވެ.

އެޑިއުކޭޝަނުން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ ފޮތްތައް އަންނަ ޖުލައި13 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރިއަސް ދާއިރު ގިނަ ބައެއްގެ ސުވާލަކަށް ވެފައި ވަނީ މިދިޔަ އަހަރު މައްސަލަ ޖެހުނު އިސްލާމް އަދި ގުރުއާން މާއްދާގެ ޓެކްސްޓް ފޮތްތައް ފޮނުވުމުގައި އަމަލު ކުރާނެ ގޮތަކާ މެދު އެވެ.

މިކަމާއި ގުޅޭގޮތުން މިއަދު އަރަބިއްޔާ ސްކޫލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން  ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ، އެ ދެ މާއްދާގެ ފޮތްތައް ނެރޭނީ އަލުން ޗާޕްކޮށްގެން ކަމަށާއި މިިދިޔަ އަހަރު ދިމާވި މައްސަލަތަކުގެ ސަބަބުން މި އަހަރު ފޮތްތައް ޗާޕްކުރުމުގެ ކުރިން ބަލާ ޗެކްކުރި ކަމަށެވެ. އަދި ފާހަގަވި ހުރިހާ މައްސަލައެއް ވެސް ހައްލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ފާހަގަވި ހުރިހާ ކުށެއް އިސްލާހު ކޮށްފައި ވީނަމަވެސް އަދިވެސް އިމްލާ ކުށެއް ނޯންނާނެއެކޭ ދަންނަވަން ނުކެރޭނެ ކަމަށާއި އިންސާނުން ކުރާ މަސައްކަތަކަށްވާތީ ކުށެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top