އަދަބީ ތިން މުބާރާތެއް މާދަމާ ފަށަނީ

ލލލލ.jpg

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރެއިން ބައެއް ބޭފުޅުން---ފޮޓޯ : ދިވެހި ބަހުގެ އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ ތިން މުބާރާތެއް މާދަމާ ފަށާނެ ކަމަށްް އެ އެކެޑަމީ އިން ހާމަކޮށްފި އެވެ.

ގައުމީ ފެންވަރުގައި މާދަމާ ފަށަން ނިންމާފައިވާ ތިން މުބާރާތަކީ އަލްއުސްތާޒު މުހައްމަދު ޖަމީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫން ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިމް މޫސާ މާފަތް ކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ ގައުމީ މުބާރާތާއި  ހުތްއަލިދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެން ހެދުމުގެ 25 ވަަނަ ގައުމީ މުބާރާތެވެ.

ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތު ދެއްވި ގޮތުގައި ދ. އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކުން މި މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެއެވެ.

މި މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ ރަށެއްގެ ވެސް ސްކޫލުގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

މުބާރާތްތައް ކުރިއަށް ދާނީ ހުރިހާ ރަށެއްގައި ވެސް އެއް ވަގުތެއްގައެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8:00 ގައެވެ. އަދި ކުރުވާހަކަ ލިޔުން މެންދުރު 1:30 ގައި ފަށަން ނިންމާފައިވާއިރު ޅެން މުބާރާތް ފަށާނީ މާދަމާ ރޭ 8:00 ގައެވެ.

އެ މުބާރާތްތަކުގެ ރަންވަނަ ތައް ފާހަގަ ކުރުން ވެސް އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top